އަކްޝޭ ކުމާރަކީ ބޮލީވުޑްގައި މިހާރުހުރި އެންމެ ފުންނާބު އިސްތަރިންގެ ތެރެއިން އެއް ތަރި އެވެ. އެހެން ތަރިންނާ އަކްޝޭ ތަފާތުވާ ސަބަބަކީ، ކޮންމެ ކަހަލަ ރޯލެއް ކުޅެން ޖެހުނަށް ފުރިހަމަކަމާއެކީ އޭނާ އެ ރޯލު ކުޅެލާނެ ކަމެވެ.
އަކްޝޭ އަކީ ދިރިއުޅުމުގައި "އަވަހަށް ނިދާފައި އަވަހަށް ހޭލުމުގެ" އުސޫލެއް ގެންގުޅެ މީހެކެވެ. ބޮލީވުޑްގެ ގިނަ ޕާޓި ތަކުން އަކްޝޭ ނުފެންނަ ސަބަބަކީ މިއީ އެވެ.
އަކްޝޭގެ ފިލްމް "މިޝަން މަންގަލް"ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން މީހަކު ވަނީ އަކްޝޭ ޕާޓީތަކަށް ނުދަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި ޕާޓީތަކަށް ނުދަނީ އޭގެ ބަދަލުގައި އަމިއްލަ އަށް ހަރަދުކޮށްގެން ޕާޓީއެއް ބާއްވަން ޖެހިދާނެ ކަމުގެ ބިރަށް ތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.
ހިނިގަނޑެއް ޖަހާލުމަށް ފަހު އަކްޝޭ ބުނެފައިވަނީ އެއީ ތެދެއް ކަމަށެވެ.
އެކަނިވެރި މައިންގެ އެހީ ޕްރޮގްރާމުން 84 މީހުން އުނިކޮށްފި
އެކްސިޑެންޓްތައް ތަހުގީގުކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަނީ
އަމީތާބުގެ ޝަހްސީ ހައްގުތައް ހޯދަން ކޯޓަށް ހާޒިރުވާން އަމުރެއް!
