ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަމީތާބު ބައްޗަން އޭނާގެ ޝަހުސީ ހައްގުތައް (އަމިއްލަ ނަމާއި، ސިފައާއި، އަޑު ފަދަ ހާއްސަ ސިފަތައް ގާނޫނީ ގޮތުން ހިމާޔަތް ކުރުމުގެ ހައްގު) ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާނަމަ، އަމިއްލައަށް ކޯޓަށް ހާޒިރުވުމަށް ދިއްލީ ހައިކޯޓުން އަންގައިފި އެވެ.
2022 ވަނަ އަހަރު، އަމީތާބް ވަނީ އޭނާގެ ނަމާއި، ފޮޓޯއާއި، އަޑު އަދި އެ ނޫންވެސް އޭނާގެ ޝަހުސިއްޔަތާ ގުޅޭ އެކި ސިފަތައް ހުއްދައެއް ނެތި ވިޔަފާރި ބޭނުންތަކަށާއި އެ ނޫންވެސް ކަންކަމަށް ބޭނުން ކުރުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އޭނާއާ އެއްކޮޅަށް ވަގުތީ އަމުރެއްވެސް ނެރެދީފަ އެވެ.
މި މައްސަލައިގެ ތެރެއިން ބައެއް ފަރާތްތަކާއެކު ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާކަމަށް ކޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
ދިއްލީ ހައިކޯޓުން ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް ނުވަތަ ކުރިއަށް ހުރި ކަންކަން ކުރިއަށް ގެންދާނަމަ، އަމީތާބު އަމިއްލައަށް ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
މިފަދަ މައްސަލަތަކަކީ ފަންނާނުންގެ އަބުރާއި އަމިއްލަވަންތަކަން ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު މައްސަލަތަކަކަށްވާއިރު ގިނަ ފަންނާނުން އަންނަނީ މިފަދަ ހައްގުތައް ހޯދަމުންނެވެ.
"ސީކިން ކަނޑު"ން ލުޔޫނާ ދޭ ފުން މެސެޖު
އޭޑީކޭ ހޮސްޕިޓަލުގެ ޑީއެމްޑީގެ މަގާމަށް ޑރ. އަދީލް ޝަރީފް
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!