ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު އިދިކޮޅު ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރު ކަމަށް ބުނެފި އެވެ. އިދިކޮޅުން މިހެން ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގަ އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު މި ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމީ މިނިވަން ނޫސްވެރިކަމަށްއޮތް ވަރަށް ބޮޑު ހުރަހެއް ކަމުގައި ދެކެމެވެ. ހަމައެއާއެކު އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަންވެސް ހިތާމައާއެކު ފާހަގަކުރަމެވެ. އެގޮތުން ސަރުކާރުން އެފަރާތްތަކަށް މައުލޫމާތު ހާމަނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުންފަދަ ދަތިތައް ކުރިމަތި ކުރަމުންދާކަންވަނީ ފާހަގަކުރެވިފައެވެ." އިދިކޮޅުން ބުނެފައިވެ އެވެ.
މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު، އެބާރުގެ މަސައްކަތްތައް ޒިއްމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުމަށްވެސް އިދިކޮޅުން ގޮވާލާފަިއވެ އެވެ. ރައީސުލްޖުމްހޫރިއްޔާއާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށްވެސް ގޮވާލާފައިވެ އެވެ. އަދި ނޫސްވެރިންގެ ތަމްރީނާއި ކުރިއެރުމަށާއި އަދި މީޑިއާތަކުގެ މަސައްކަތްތަކަށް ފަހިވާނެހެން މިދާއިރާއިން ފުރުސަތު ތަނަވަސްކޮށްދިނުމަށްވެސް މި ބަޔާނުގައި އެދިފައިވެ އެވެ.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް