"އިންޑިއާ އައުޓް" ބެނާ ދެމި ދެ ގެއެއްގެ ވެރިފަރާތް ފުލުހަށް ހާޒިރުކޮށޮފި އެވެ.

އިދިކޮޅު ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލައާ ގުޅިގެން ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ ވެރިފަރާތަށާއި، ގ.ހޭޅި ގޭގެ ވެރިފަރާތަށް ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ހުއްޓުމެއް ނެތި އިދިކޮޅުން ބެނާތައް ހަރުކުރަމުން ދާއިރު، މާލޭގެ އެކި ގެތަކުގައި ސްޕެލިން ބަދަލުކުރުމަށްފަހު ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން އެކި ފަހަރުމަތިން ނަގާފައިވެ އެވެ.

އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.