ހިންދީ ލަވަތަކަކީ އިންޑިއާ މީހުންގެ އިތުރުން އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ލޯބިކޮށް އަޑުއަހަ އެވެ.

ފަހަކަށް އައިސް ރީތި ރާގެއް ހުންނަ ލަވައެއް ނުނެރޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މިއުޒިކް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެހެންނަމަވެސް މީގެ ތިން މަސް ކުރިން ޔޫޓިއުބްގައި އާންކުރި ލަވައަކަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފަ އެވެ. އެގޮތުން ޓިކްޓޮކާއި އެހެނިހެން ސޯޝަލް މީޑިއާގައި ވެސް މި ލަވަ އާންމުވަމުން ދާއިރު، ތިން މަސް ދުވަސް ތެރޭގައި 110 މިލިއަން ވިއުސް އެލަވައަށް ލިބިފައިވެ އެވެ. މި ލަވަ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގަ އެވެ.

"ޕަސޫރީ" ނަމަކަށް ކިޔުނު މި ލަވައިގައި ކިޔައިދެނީ ލޯބީގެ ވާހަކަތަކެވެ. އެ ލަވައިގެ ވީޑިއޯ ވާޝަންއެއްވެސް އާންމުކޮށްފައިވާއިރު، އޭގައި ދެ ލޯބިވެރިންގެ ނާކާމިޔާބު ލޯބި ދައްކައިދެ އެވެ.

https://www.youtube.com/watch?v=5Eqb_-j3FDA

މި ލަވަ އަކީ އަޑުއަހާ ކޮންމެ މީހަކަށްވެސް ހިތްފަސޭހަކަން ގެނުވައިދޭ ލަވައެއް ކަމަށް އާންމުން ބުނެފައިވެ އެވެ. ކޯކް ސްޓޫޑިއޯއިން ގެނެސްދިން މި ލަވައަށް ލިބެމުންދާ ވިއުސް ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.