އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 83 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އިތުރު 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އީސީން ބުނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ވާއިރު ބާކީ ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ކަމަށެވެ. އަދި އިލެކްޝަންސް އިން ބުނީ މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންދިޔައީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން ނެގުމަށްފަހު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 2،307 މީހެކެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ފަރާތެކެވެ.