ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ، މަތިންދާބޯޓު ގަތުމުގެ ބޮޑު މުއާމަލާތަކާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި އެވެ.
ނަމާލް ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ މުސްތަގިއްލު ކޮމިޝަނުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.
މި މައްސަލައަކީ 2013 ވަނަ އަހަރު ސްރީލަންކާ ސަރުކާރުން އެއާބަސް ކުންފުންޏާއެކު 10 މަތިންދާބޯޓު ގަތުމަށް ވެވުނު 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. ނަމަވެސް، 2016 ވަނަ އަހަރު ވެރިކަން ބަދަލުވުމަށްފަހު އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް ގުޅިގެން ހިންގި ތަހުގީގުތަކުން ހާމަވި ގޮތުގައި، މި އެއްބަސްވުން ކާމިޔާބު ކުރުމަށްޓަކައި އެއާބަސް ކުންފުނިން ވަނީ ލަންކާގެ އިސް އޮފިޝަލުންނަށް ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ. މި ފައިސާގެ ތެރެއިން ބައެއް ނަމާލް ރާޖަޕަކްސަގެ އިތުރުން އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވެ އެވެ.
މި މައްސަލައިގެ ހަގީގަތް ފަޅާއަރަން ފެށީ، ރިޝްވަތުގެ ފައިސާގެ ތެރެއިން 1.7 މިލިއަން ޑޮލަރު ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕީލާ ޗަންދްރަސޭނާއަށް ލިބުނު ހިސާބުންނެވެ. ކަޕީލާ މިދިޔަ މާޗް މަހު އިއުތިރާފުވެފައިވާ ގޮތުގައި، އޭނާގެ އަތުން މަހިންދަ ރާޖަޕަކްސައަށް ބައި މިލިއަނެއްހާ ޑޮލަރު ވަނީ ދީފަ އެވެ. ނަމަވެސް، ރާޖަޕަކްސަގެ އާއިލާއިން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެ އެވެ.
މި މައްސަލައިގެ މުހިންމު ހެއްކެއް ކަމަށްވާ ޗަންދްރަސޭނާގެ އިއުތިރާފަށްފަހު، އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރުމުގެ ކުރިން، މިދިޔަ މެއި މަހު އާއިލީ މީހެއްގެ ގޭގައި ހުއްޓާ ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ. އަދި އޭނާ މަރުވި ސަބަބު މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!
ނިދީގައި ވާހަކަ ދެއްކުން: އެހީ ހޯދަންވީ ކިހާ ހިސާބަކުން؟
މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހުރި ނަމާލް ހައްޔަރުކުރަން އަމުރެއް ނެރެފި