ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ކުރާ ކަމަކަށް ވާއިރު، އެކަމަކީ ކުޑައިރުން ފެށިގެން އާދަވެފައިވާ ކަމެއް ނަމަ، ބޮޑުވެގެން އެކަން ހުއްޓައިލަން ފަސޭހައެއް ނުވާނެ ކަމެކެވެ.

އޭގެތެރޭގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވެސް ހިމެނެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނިގޮތުގައި އެތައް ފަހަރެއްގެ މަތިން ކަރީނާ ހަފްލާތަކުގަ އާއި، ޕާޓީތަކުގައި ނިޔަފަތި ކާ މަންޒަރު އާންމުންނަށް ފެނިފައިވެ އެވެ. ހަމައެހެންމެ ކަރީނާ ނިޔަފަތިކާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެ އެވެ.

ކަރީނާއަށް 41 އުމުރު ފުރިފައިވާ އިރުވެސް އެ އާދަ ފިލައި ނުދިއުމުން ގިނަ ބައެއްގެ މަލާމާތް އޭނާއަށް ރައްދުވެފައިވެ އެވެ.

ކަރީނާ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އެގޮތުން ކާމިޔާބު ފިލްމު ތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ކަރީނާ ކައިވެނި ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ސައިފް އަލީ ޚާން އާއެވެ. އަދި ސައިފްއާ އެކު އޭނާއަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.