ވައިގެމަގުން ރާއްޖެ އެތެރެކުރި 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު އަތުލައިގަތް އެ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތި އަތުލައިގަތީ ބްރެޒިލް އިން ރާއްޖެ އައި އެމެރިކާ މީހަކާ މެދު ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުންނެވެ.
މީގެއިތުރުން ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު ކޮކެއިން އަށް ޕޮޒިޓިވްވިކަމަށެވެ.
އެ މައްސަލައިގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
ހަމަލާތައް ހުއްޓާލައި މަޝްވަރާތައް އަލުން ފަށަން ތައްޔާރުވެއްޖެ
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
