ބޮލީވުޑްގައި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިން ފެށިފައިވާއިރު އިހުސާސް ކުރެވެނީ ފިލްމީ ދާއިރާއަށް އަލަށް ނުކުންނަށް އުޅޭ ކަމުގެ އިހުސާސެއް ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ މަހު ބޮލީވުޑްގައި ކާމިޔާބު ތަރި ރަންބީރް ކަޕޫރާ ކައިވެނިކުރި އާލިއާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ފުރަތަމަ ހޮލީވުޑްގެ ފިލްމުގެ ޝޫޓިންތައް ފަށަނީ ކަމަށާއި އިހުސާސް ކުރެވެނީ ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ އުޅޭ ކަމުގެ އިހުސާސެއް ކަމަށެވެ. ހޮލީވުޑްގައި މަސައްކަތް ކުރަން ބިރު ގަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަދި އާލިއާ ވަނީ ހޮލީވުޑްގައި އޭނާ ކުރާ މަސައްކަތަށް ހިއްވަރު ދިނުމަށްވެސް ސަޕޯޓަރުން ކިބައިން އެދިފަ އެވެ.

https://www.instagram.com/p/Cdug-JnM0qP/?utm_source=ig_embed&ig_rid=e4e65c61-f234-4dff-8077-cfdc60bb4e35

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ ސްޕައި ތުރިއްލާއެއް ކަމަށްވާ، “ހާޓް އޮފް ސްޓޯން” އެވެ. އެ ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި “ވޮންޑާ ވުމަން” ގެ ތަރި ގަލް ގެޑޮޓްއާ ހިމެނެ އެވެ.

އާލިއާ ހޮލީވުޑްގެ މަސައްކަތްތައް ފެށިއިރު އޭނާ ދަނީ ބޮލީވުޑްގެ ދެ މަސައްކަތެއް ކުރަމުންނެވެ. އެއީ ފިރިމީހާ ރަންބީރު ކަޕޫރާއި އެކު ފެނިގެންދާ “ބްރަހްމަސްތުރާ” އާއި ރަންވީރު ސިންގާއި އެކު ފެނިގެންދާނެ “ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ” އެވެ.