މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 9 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި އެންމެން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ:
- ތޯހިދުލް އިސްލާމް (35އ)
- މޮނީރް ބެޕާރީ (37އ)
- ޖަކިރް މުންޝި (46އ)
- އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
- އެމް.ޑީ އުސްމާން (23އ)
- މޮހައްމަދު ބަބްލޫ އަލީ (34އ)
- އެމް.ޑީ ރައިހާން (32އ)
- އަފްރަނުލް ހޮގް އާޝިކު (34އ)
- މުޙައްމަދު ރަކިބް ހޮސެއިން (30އ)
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ނިންމުމަށްފަހު، މި ނުވަ މީހުންވެސް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ބައިވެރިވާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ޒުވާނުންނަށް ދަތިވާ ހުރިހާ ކަމެއް އުވާލާނަން: ރައީސް ޔާމީން
މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ދެ މީހަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ވޮލީކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި