ދުނިޔޭގެ ރީތީގެ ލަގަބު ހޯދާފައިވާ ޝުޝްމީތާ ސިންގްއަކީ ބޮލީވުޑްގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފަހުން ފެނިގެން ދިޔަ ވެބް ސީރީޒް އެއް ކަމަށްވާ އާރްޔާ އަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ.
މީގެ ދެ ދުވަސް ކުރިން އުފަންދުވަސް ފާހަގަކުރި ސުޝްމިތާ އަށް ވަނީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ބޮޑު ސަޕްރައިޒެއް ލިބިފަ އެވެ. އެއީ އޭނާގެ ދަރިފުޅު ރެނޭ ކުޅެފައިވާ ފިލްމުގެ ޓްރެއިލާ ރިލީޒް ވުމެވެ.
މަންމަގެ ފިޔަވަޅު މަތިން ގޮސް ރެނޭ ވެސް މިވަނީ އެކްޓިންގެ ދުނިޔެއަށް ނުކުންނަން ތައްޔާރުވެފަ އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންދާ ކުރު ފިލްމު ކަމަށްވާ "ސުއްޓާ ބާޒީ"ގެ ޓްރެއިލާއާއި އެކު ސުޝްމިތާ ވަނީ އިންސްޓަގްރާމްގައި ރިނީގެ މެސެޖެއް ހިއްސާކޮށްފަ އެވެ.
3 މީހުން އަރުވައިގެން ސައިކަލް ދުއްވީ ބަންދު އަމުރު އޮތް މީހެއް
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
