ބަނޑުގައި ވައި ހެދިގެން ނުވަތަ ގޭސްޓްރިކްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އޭގެ ސަބަބުން ބަނޑު މާބޮޑަށް ފުފިފައި ހުރުމުން އޭގެ އުނދަގޫ އިހުސާސުތައް ކުރުވަ އެވެ. މިގޮތަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި:

-ފިޒީ ޑްރިންކްސް ބުއިމާއި މާ ގިނައިން ހަކުރު ނުވަތަ ލޮނު ހުންނަ އެއްޗެހި އަދި ޕްރޮސެސްޑް ފުޑް އާއި ފައިބާ މަދުން ހުންނަ އެއްޗެހި ކެއުން.

-ބަނޑުހަރުވުން

-އެލާޖިކް ވުން

-ހޯމޯނަށް އަންނަ ބަދަލުތައް (ބައެއް އަންހެނުން ޕީރިއަޑްވުމުގެ ކުރިންނާއި ފަހުން ބަނޑު ފުފޭ ގޮތްވޭ)

މިކަންތަކަށް ހައްލު ހޯދޭނީ ސިއްހަތު ރަނގަޅު ލައިފްސްޓައިލެއް ހިޔާރުކޮށް، ގުދުރަތީ ގޮތްތަށް ބޭނުންކޮށްގެން ބްލޯޓް ވުމުން ދުރުވެވިދާނެ އެވެ.

  1. ކެއުމުގައި ފައިބާ އިތުރުކުރުން: ފައިބާގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ބްލޯޓްވެ ބަނޑު ފުފިފައި ހުންނަ ހުރުން ނުހުންނާނެވެ އެވެ.
  2. ގިނަ ގިނައިން ފެން ބުއިން
  3. ޗުވިންގަމް ނުކެއުން: ހަފާ އިރު އަނގައިން ހަށިގަނޑުގެ ތެރެއަަށް ވައި ވަންނާތީ އޭގެ ސަބަބުން ގޭސްޓްރިކްވެ ބަނޑުފުފޭ ގޮތް ވާނެ އެވެ.
  4. އެއްއިރު ކައިފަ އަނެއް އިރު ކެއުމާ ދެމެދު ގިނަ ވަގުތު ނުކުރުން: ކާއިރު ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުމަކީ ވެސް މުހިއްމު ކަމެކެވެ.
  5. ހޫނު ފެނުން ފެންވެރުން
  6. ކޮންމެ ދުވަހަކު ވެސް ހޭލައިގެން ހޫނު ފެންތައްޓެއް ބުއިން
  7. ލޮނު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުން
  8. ގަވައިދުން ކަސްރަތު ކުރުން