ބޮލީވުޑްގައި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންއިން ގެނެސްދޭ "ޑާލިންގްސް" ނެޓްފިލްކްސްއިން ރިލީޒް ކުރުމަށް ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހުރުކުޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އާއި އާލިއާގެ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ޑާލިންގްސް" ނެޓްފިލްކްސްގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް މިފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ނެޓްފްލިކްސްއިން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ "ޑާލިންގްސް" އަންނަނީ ނެޓްފިލްސްއަށް ތޯ ފިލްމުގެ ހުރިހާ ތަރިންނާ ސުވާލުކުރާ މަންޒަރުތަކެވެ.
މި ފިލްމުގައި އާލިއާ އިތުރުން ޝެފާލީ ޝާހް، ވިޖޭ ވަރްމާ އަދި ރޯޝަން މެތިއުވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމު ޑައިރެކްޓަރަކީ "ޕަތީ ޕަތްނީ އޯ ވޯ" އަދި "ފޯސް 2"ގެ ޑައިރެކްޓަރު ޖެސްމީތް ކޭ ރީން އެވެ.
އެންމެ ފަހުން އަލީއާ ފެނިގެންދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކާތިއާވާދީ" ގައި އޭނާ ދައްކުވާދީފައިވާ އެކްޓިންނަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. މިހާރު ހޮލީވުޑްގައި މަސައްކަތް ކުރަން ގޮސް ހުރި އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ފިރިމިހާ ރަންބީރު ކަޕޫރާއެކު ފެންނަ "ބްރަމަސްތްރާ" އިންނެވެ.