ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުން ތިއްބެވީ އެކުގައި ބަނދެލާފައިވާ ދަރުބޮނޑިއެއްހެން ގަދަކޮށް ކަމަށާއި، މަޖިލީހުގެ ތެރެއިން މެންބަރުން ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މެންބަރުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ޕާޓީގެ އެތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފާއިތުވި ދުވަސްތަކުގައި ޕީއެންސީގެ ހަރަކާތްތަކުން އެއްފަރާތް ކުރައްވާފައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ތިއްބެވީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން ގަދަކޮށް އެކަތައިގެ ފާރެއްހެން ރައީސް މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ހާސިލު ނުކުރެވޭނެ ކަމަށާއި، ރައީސް ޔާމީން ދެން ޖެހިވަޑައިގަންނަވާނީ ޖަމީލު އާއި މަލީހު ގޮވައިގެން މަހަށް ވަޑައިގަންނަވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުމަށްޓަކައި ހުންނެވީ ސާބިތުކަމާއެކު ފިސާރި ގަދައަށް ކަމަށް ފާހަގަކުރައްވަމުން، ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ބަދަހިކަން ގެއްލުވައިނުލެވޭނެ ކަމަށް އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.
މި މޭރުމުން އަބްދުއްރަހީމް ވާހަކަދެއްކެވި ނަމަވެސް، ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާއެކު އެންމެ ފުރަތަމަ އެއްފަރާތް ކުރެއްވި ބޭފުޅަކީ އަބްދުއްރަހީމް އެވެ. ދާދިފަހާ ޖެހެންދެން ޕީއެންސީގެ ޖަލްސާތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް އޭނާ އަށް ނުދެއްވަ އެވެ. އަދި ޕާޓީ ހިންގުމުގެ އެންމެހާ ކަންކަމުން އަބްދުއްރަހީމް ވަނީ ދުރުކޮށްފަ އެވެ.
ޕީއެންސީ ތެރޭގައި ބައިބައިވުން އުފެދިފައި ވީނަމަވެސް، އަބްދުއްރަހީމް ވިދާޅުވި ފަދައިން ރައީސް މުއިއްޒު އުޅުއްވަނީ މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލާ، "ދަރުބޮނޑިއެއްހެން" ބަނދެ ކޮންޓްރޯލްކޮށްގެން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕާއި ޝީ މަޝްވަރާކުރެއްވި
އެއް އަހަރު ފަހުން "އަހާ" ފޯރަމް މާދަމާރޭ ބާއްވަނީ
އޭއެފްސީން އެފްއޭއެމްގެ ދަރަނި މާފުކޮށް، ސަސްޕެންޝަން އުވާލައިފި
މިއީ ކޮންތާކުން ފުންމާލި މީހެއް. މިއޮތްހާ ދުވަހު އޮތީ ފިޔަކޮށާލާފައި. ދަރިއާ އެންމެން ވަޒީފާއިން ކަނޑާއެއްލާލިއިރު އަނގައިން ވެސް ބުނާކަށް ނުނެރުނު. ދެން ކޮން ފުއްޕުމެއް މި ފުއްޕަނީ. ތިއީ މުއިއްޒު ގެންގުޅޭ ފެން ކައްކާ ބޮއްޔެއް.