ޖޭއޭމްއޭ ނެޓްވޯކް އޯޕަންގައި ޝާއިއިކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން 50 އަހަރުން ދަށުގެ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ގިނަ ބާވަތްތަކުގެ ކެންސަރުގައި މަރުވާ މީހުންގެ ނިސްބަތް ދަށަށް ގޮސްފައި ވީ ނަމަވެސް، ގޮހޮރުގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ކެނެޑާގެ އުމުރުން 20 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ މެދުގައި 2000 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ކެންސަރު ބަލީގައި މަރުވާ މީހުންގެ ނިސްބަތަށް އައި ބަދަލުތައް މި ދިރާސާގައި ވަނީ ދިރާސާކޮށްފަ އެވެ. ކެންސަރު ބަލީގައި މީހުން މަރުވާ އެންމެ އާންމު 10 ބާވަތުގެ ތެރެއިން 9 ބާވަތަކުން މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައި ވަނީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު މަދުވުމުންނެވެ. ނަމަވެސް، ކެނެޑާގެ އުމުރުން 20 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ގޮހޮރުގެ ކެންސަރުގައި މަރުވި މީހުންގެ އަދަދު 2000 ވަނަ އަހަރު 300 ގައި ހުރިއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 442 އަށް އިތުރުވެފަ އެވެ. މީގެ ކުރިން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގައި ވެސް މި ދުވަސްވަރުގެ ތެރޭގައި 50 އަހަރުން ދަށުގެ މީހުންގެ މެދުގައި ގޮހޮރުގެ ކެންސަރުގައި މަރުވާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު މަދު ވެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހިންގުނު ހަރުދަނާ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކުގެ ސަބަބުންނެވެ. އަދި އުރަމަތީގެ ކެންސަރުގައި މަރުވާ ނިސްބަތް ދަށަށް ގޮސްފައި ވަނީ ބަލި ދެނެގަތުމަށް ކުރެވޭ ސްކްރީނިންގް ފަސޭހައިން ލިބުމާއި، ބަލީގެ ކުރީކޮޅު ދެނެގަނެވި، ކޮންމެ މީހަކަށް ބޭނުންވާ ފަރުވާ ވަކިން ދެވޭނެ އިންތިޒާމުތައް ހަރުދަނާ ވުމުންނެވެ.
ގޮހޮރުގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު އިތުރުވަނީ، ޒުވާން އުމުރުގައި މި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވުމާ ގުޅިގެން ކަމަށާއި، މިއީ ހަމައެކަނި ބަލި ދެނެގަންނަ މިންވަރު އިތުރުވުމުގެ ބަދަލުގައި، ބަލި ޖެހެން މެދުވެރިވާ އަސްލު ސަބަބުތަކަށް އައިސްފައި ވާ ބަދަލެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށްބެލެވެ އެވެ.
ކެނެޑާގެ ޒުވާނުންގެ މެދުގައި ކެންސަރު ބަލީގައި މަރުވާ ދެވަނައަށް އެންމެ އާންމު ސަބަބަކީ މިހާރު ގޮހޮރުގެ ކެންސަރެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއީ އެންމެ ގިނައިން މީހުން މަރުވާ ކެންސަރުގެ ބާވަތަށް ވުން އެކަށީގެންވެ އެވެ. ނޯވޭގައި ކުރެވުނު އެހެން ދިރާސާއަކުން ދައްކާ ގޮތުގައި 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކެންސަރު ބަލީގައި މަރުވާ އެންމެ އާންމު ސަބަބަކީ މިހާރު ވެސް ގޮހޮރުގެ ކެންސަރެވެ.
ޒުވާނުންގެ މެދުގައި މި ބަލީގެ ނުރައްކާ އިތުރުވަމުންދާތީ، މި ބަލި ފެތުރޭ ގޮތަށް އަންނަ ބަދަލުތަކާއި، ބަލި ޖެހުމަށް މެދުވެރިވާ ނުރައްކާތެރި ސަބަބުތައް ދެނެގަތުމުގެ މުހިންމުކަން ދިރާސާވެރިން ވަނީ ފާހަގަކުރައްވާފަ އެވެ.
އަބަދު އެއް އެކްޓަރުންތަކަކަށް ބަރޯސާވުން ހުއްޓާލަންޖެހޭ: ތާޕްސީ
މިސް ވޯލްޑްގެ ފައިނަލަށް އީމާ ނުހޮވުނު
ސަޕޯޓަރުން އަތްޖަހަނީ ނޯތު ކޮރެއާގައި އަތްޖަހާ ގޮތަށް: ފަލާހް