އިލްޔާސް ވަހީދު (އިއްލެ)ގެ އައި ފިލްމްސްއިން ގެނެސްދޭ ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ"ގެ ފުރަތަމަ ބަޔަކީ "ފޯނު ކޯލް" އެވެ.

މިއަދުން ފެށިގެން "ބިރުވެރި ވާހަކަ ދިރާގު ޓީވީއިން ބަލާލުމުގެ ފުރުސަތު ލިބިގެންދާއިރު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއްގެ ގޮތުގައި "ފޯން ކޯލް" ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގު ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒްގެ ފުރަތަމަ އެޕިސޯޑްގެ ޓްރެއިލާއެއް ވެސް އާންމުކޮށްފައިވެ އެވެ.

ބިރުވެރި ތަފާތު އެކި ހާދިސާތަކެއް ފެނިގެންދާ މި ޑްރާމާ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. "ބިރުވެރު ވާހަކަ" އިން ރާއްޖޭގެ މަޝްހޫރު ބައެއް ތަރިންނާއި އަރަމުން އަންނަ ފަންނާނުންގެ އިތުރުން އާ މޫނުތަކެއް ވެސް ފެންނާނެ އެވެ.

https://www.youtube.com/watch?v=V3dPVxbiikI

އެގޮތުން އައިޝަތު ރިޝްމީ، ނުޒުހަތު ޝުވައިބް (ނުޒޫ)، މަރިޔަމް އައްޒަ، ޝަރާ، މުހައްމަދު ވިޝާލް (ރޯމަން)، ނަތާޝާ ޖަލީލް، އިފްނާޒު ފިރާގާއި އޭނާގެ އަންހެނުން ތާތި އަދި ޝަރަފް އަބްދުﷲ ފަދަ ފަންނާނުން ފެނިގެންދާނެ އެވެ.

ތަފާތު ފަސް ވާހަކައެއް ކިޔައިދޭ އެ ޝޯގައި އެ ހުރިހާ ވާހަކަތަކެއް އެއް ވާހަކަ އަނެއް ވާހަކައާ ގުޅިފައިވާނެ ކަމަށް ޓްރެއިލާއިން އިޝާރާތް ކުރެ އެވެ.