ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ހާން އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަށް 75 ވަރަކަށް ފިލްމު ކުޅެފައިވީ ނަމަވެސް، ބެލުންތެރިން އަދިވެސް އޭނާ އެންމެ ބޮޑަށް ހަނދާން ކުރަނީ 2001 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "ކަބީ ހުޝީ ކަބީ ގަމް"ގައި އޭނާ ކުޅުނު "ޕޫ" (ޕޫޖާ) ގެ ރޯލުން ކަމަށް ބުނެފި އެވެ.
ފިލްމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ ކަރީނާ މިހެން ބުނެފައިވަނީ، އޭނާގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ދެއްކި ވާހަކައެއްގަ އެވެ.
ކަރީނާ ފާހަގަކުރި ގޮތުގައި، އޭނާ ވަނީ ތަފާތު އެކި ކަހަލަ މޮޅެތި ރޯލުތައް އެހެން ފިލްމުތަކުގައި ކުޅެފަ އެވެ. އެހެންނަމަވެސް، ކަރަން ޖޯހަރް ޑައިރެކްޓްކުރި "ކަބީ ހުޝީ ކަބީ ގަމް" ގައި އޭނާ ދެއްކި ސްޓައިލާއި، އޭނާގެ ޑައިލޮގްތަކަކީ މިއަދުވެސް އާންމުންގެ މެދުގައި އެންމެ މަގުބޫލު ކަންތައްތަކެވެ.
"އަހަރެން 75 ވަރަކަށް ފިލްމު ކުޅެފިން. އެކަމަކު މީހުން އަދިވެސް އެންމެ ބޮޑަށް ހަނދާންކުރަނީ ކޭ3ޖީ ގެ ޕޫގެ މަތިން. އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ކަރީނާ ބުންޏެވެ.
"ޖަބް ވީ މެޓް"ގެ ގީތު، "ޗަމޭލީ" އަދި "އޯމްކާރާ" ފަދަ ފިލްމުތަކުން ކަރީނާގެ އެކްޓިނއަށް ބޮޑު ތަރުހީބެއް ލިބިފައިވީ ނަމަވެސް، ޒުވާން ޖީލުގެ މެދުގައިވެސް "ޕޫ" ގެ ޝަހުސިއްޔަތަށް އޮތް ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ސޯޝަލް މީޑިއާގައި މިއަދުވެސް އެ ފިލްމުގައި ކަރީނާ ބުނެފައިވާ ޑައިލޮގްތަކާއި އޭނާގެ ހަރަކާތްތައް ދައުރު ވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.
2000 ވަނަ އަހަރު "ރެފިއުޖީ" އިން ބޮލީވުޑަށް ތައާރަފުވި ކަރީނާއަކީ މިހާރުވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ އެއް ބަތަލާ އެވެ.
އެންވީޑިއާގެ ސީއީއޯގެ މަގާމު ޖެންސެން އަށް އަލުން ދޭން ނިންމައިފި
ރަސްމާލެ މަޝްރޫއާ ގުޅިގެން އަލައްބާރު ކަންބޮޑުވެއްޖެ: މައުރޫފް