އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޫނު ރައްދެއް އެމްޑީޕީއަށް ދެއްވައިފި އެވެ.

މިނިސްޓަރު މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގާމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ ދޫ މޯގޭޖްކުރުމަށްފަހު ސެޓްފިކެޓް އެމްޑީޕީއާ ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.

މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރުކުރުމުގެ ނުބައި ޕްލޭން ކުރިޔަށް ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން،
މަލީހު

"މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރުކުރުމުގެ ނުބައި ޕްލޭން ކުރިޔަށް ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ ކަމަށެވެ.

މަލީހު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ވިދާޅުވީ "ތިމަންނާމެންގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ މާއްދާ 27އަށް އިތުބާރު ނެތްކަމަށް ތިޔަ ފާސްކުރީ،" ކަމަށެވެ. އަދި ވިދާޅުވީ ތިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށެވެ.

"އަމިއްލަ ސަންދޯކަށް ތިޔަ ޖެއްސެވީ މޮހޮރު،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް ސޯލިހަށް ދެންނެވުމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ 10 މެމްބަރުން ސޮއިކޮށް އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.