ބޮލީވުޑްގެ އެންމެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަށް ދިޔަ ގިނަ ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންގެ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޕާޓީއަށް ދިޔަ ގިނަ އަދަދެއްގެ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އުފަން ދުވަސް ފާހަގަކުރަން ކުރަން ބޭއްވި ޕާޓީ އޮތީ ފާއިތުވީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. މި ޕާޓީއަށް ޝާޙް ރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން އަދި ސައިފް އަލީ ޚާން ދިޔަ އެވެ. އަދި އަބީޝެކް ބައްޗަން އާއި އައިޝްވަރިޔާ ރާއީ، ކަރީނާ ކަޕޫރާއި ޖޫހީ ޗައުލާ، މާދުރީ ޑިކްޝިޓް ފަދަ ބަތަލާ އިން ވެސް ބައިވެރިވި އެވެ.

https://www.instagram.com/p/CeBL_R5ov6z/?utm_source=ig_embed&ig_rid=bc7eb84b-8092-4aac-bd18-1702e3eb0c4a

މިޕާޓީއަށް ދިޔަ ތަރިން ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ތަރިންގެ ތެރެއިން ޝާހް ރުކް ހާން އާއި ކެޓްރީނާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ވަރަށް ކުލަ ގަދަކޮށް ބޭއްވި މިޕާޓީގައި ވަރަށް މަޖާނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ. އަދި ހަމަ އެހެންމެ ކޭކު ފެޅުމާއި، ތަރިންގެ ޑާންސްތައް ވެސް، ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.

ކަރަން މިހާރު އަންނަނި އޭނާގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހަނީ"ގެ މަސައްކަތް ކުރަމުންނެވެ.