ކަލާޒް ޓީވީގެ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަންގެ ޝޫޓިން ދެކުނު އެފްރިކާގައި ފަށައިފި އެވެ.

"ހަތުރޯން ކޭ ކިލާޅީ 12" ގެ ޝޫޓިން ފެށިކަން ހާމަކޮށްފައިވަނީ އެޝޯގެ ހޯސްޓް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

ރޯތިހު އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވަނީ ޝޫޓިން ތެރޭގައި ނަގާފައިވާ މަންޒަރެކެވެ.

ކުރީގެ ސީޒަނާ އެއްގޮތަށް މި ފަހަރުގެ ސީޒަން ވެސް ޝޫޓްކުރަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.

މިޝޯގެ ބައެއް ބައިވެރިންވެސް ވަނީ އެމީހުން ސޯޝަލް މީޑިއާގައި މިޝޯގައި ނަގާފައިވާ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ.

https://www.instagram.com/p/Cec4c_Oql8d/

ބައިވެރިވެރިން ނުރައްކާތެރި އެތައް ސްޓަންޓްތައް ހަދައި، އެ މީހުންގެ ބިރުކަނޑުވައިލާ ގޮތް ފެނިގެންދާ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 12 ގެ ބައިވެރިންނަކީ ރުބީނާ ދިލައިކް، ޝިވާންގީ ޖޯޝީ، ނިޝާންތު ބަޓް، ސުރިތީ ޖާ، މުނައްވަރު ފާރޫގީ، ކަނިކާ މަން، ޕްރަތީކް ސެހެޖްޕާލް، މޯހިތު މަލިކް، ތުޝާރު ކާލިއާ، ޗެތުނާ ޕާންޑޭ، ރަޖީވް އަދާތިއާ، އަނޭރީ ވަޖާނީ އެވެ.

https://www.instagram.com/p/Cec3qj-oGar/

އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަންގެ ގޮތުގައި ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" ގެނެސްދިނީ އިންޑިއާގެ މަޝްހޫރު ޓީވީ ސެލެބްރިޓީން ބައިވެރިކޮށްގެންނެވެ.

https://www.instagram.com/p/CedXil4vbnF/

ހަތުރޯން ކޭ ކިލާޅީ" އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ. "ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 11 ކާމިޔާބު ކުރީ އެކްޓަރު އަރްޖުން ބިޖްލާނީ އެވެ.