ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާން އަކީ އަބަދުވެސް އާއިލާއަށް އިސްކަމެއް ދެމުން އަންނަ ފަންނާނެކެވެ. އަދި އާއިލީ ގުޅުންތައް އަބަދުވެސް ދަމަހައްޓަމުން އަންނަ ފަންނާނެކެވެ.

އެގޮތުން ސާރާ އާއި އޭނާގެ މަންމަ ކުރީގެ ބަތަލާ އަމްރިތާ ސިންގް އަދި ބައްޕަ ސައިފް އަލީ ހާން އެކުވެސް އަންނަނީ ރަގަޅު ކުޅުމެއް ބާއްވަމުންނެވެ. އަދި ދޮން މަންމަ ކަރީނާ ކަޕޫރާއެކުވެސް އޮންނަނީ ރަގަޅު ކުޅުމެކެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާނަށް ދެ ކުދިންނާއެކުވެސް ސާރާ ވަގުތު އަންނަނީ ހޭދަކުރަމުންނެވެ.

https://www.instagram.com/p/CaPbiNmPTCE/

ޖެއި އާ ބެހޭ ގޮތުން ސާރާ "ނިއުސް 18" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފުރަތަމަ ދުވަހު ޖެއި ފެނުމާއެކު އުފަލުން އޭނާ "ވިރިގެންދިޔަ ކަމަށެވެ. އަދި ޖެއި ސާރާ ސިފަކޮށްފައިވަނީ "ލޯބިލޯބި ބޯޅައެއް" ގޮތުގަ އެވެ.

https://www.instagram.com/p/CYvb7WCvZop/

ބައްޕަ ސައިފް އާއި ކަރީނާގެ ދެވަނަ ދަރިފުޅާއެކު އެމީހުންގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމަށް ލިބިގެން ގޮސްފައިވާ ކަމަށް ސާރާ ވަނީ ބުނެފަ އެވެ. އަދި އެކަމާ އޭނާ އުފާކުރާ ކަމަށްވެސް ސާރާ ބުންޏެވެ.