މެޑްރިޑް (10 ޖޫން) - އަލްޖީރިއާއިން ސްޕެއިންއާއެކު އޮތް 20 އަހަރުގެ ދިގު ދާޚިލީ ގުޅުންތައް ނިމުމަކަށް ގެނެސްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަލްޖީރިއާގެ ދައުލަތުގެ މީޑިއާއިން ގެނެސްދިން އެ ރިޕޯޓުގައި ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ފާއިތުވި މަސްތަކުގައި ވެސްޓަން ސަހާރާގެ މައްސަލާގައި ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ވެސްޓަން ސަހާރާއަކީ ވަކި ދައުލަތެއް ކަމަށް މޮރޮކޯއިން ބުނާ ބުނުމަށް ސްޕެއިންއިން ތާއީދުކުރުމަކީ މިކަމުގެ އަސްލު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އަލްޖީރިއާއަކީ ސްޕެއިންއަށް ގޭސް ފޮނުވާ މައި ގައުމަކަށް ވާއިރު ކުރިއަށް އޮތް ތަނުގައި އެގައުމުން ސްޕެއިންއަށް ގޭސް ފޮނުވާ އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ.

މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް ގޭހުގެ އެއްބަސްވުމަކީ ދިގު މުއްދަަކަށް ހަދާފައިވާ ބާޒާރުގައި ގޭހުގެ އަގު އުޅޭ މިންވަރަށް ކޮންޓްރޯލް ކުރެވިފައިވާ އެއްބަަސްވުމެކެވެ.

ނަމަވެސް އަލްޖީރިއާއިން ސްޕެއިންއާއެކު އޮތް ގުޅުންތައް ކަނޑާލުމާއެކު ދެގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ މުއާމަލާތްތަކުގެ ކުރިމަގާމެދު އޮތީ ސުވާލު އުފެދިފަ އެވެ. -- އަލް އަރަބިއްޔާ