މޮސްކޯ (12 ޖޫން) - ޔޫކްރެއިންއާ ބޯޑަރު ހިއްސާކުރާ ޕޮލެންޑްގައި ނޭޓޯގެ އަސްކަރީ ލަޝްކަރު ވަރުގަދަކުރާނަމަ ރަޝިއާއިން އެކަމަށް ރައްދުދޭނެ ކަމަށް ބުނެފި އެވެ.
ރަޝިއާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ރަޝިއާއިން މިކަމަށް އަޅާ ފިޔަވަޅު ވެގެންދާނީ ހާލަތާ އެކަށީގެންވާ ފިޔަވަޅަކަށް ކަމަށެވެ.
"ފިޔަވަޅެއް އަޅާނަމަ އެ ފިޔަވަޅު ވާނީ ރަޝިއާއަށް ކުރިމަތި ވެދާނެ ނުރައްކަލެއް ކުޑަ ކުރަން އަޅާ އެކަށީގެންވާ ފިޔަވަޅަކަށް،" ރަޝިއާގެ ފޮރިން މިނިސްޓްރީއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަ އޮފިޝަލް އޮލެގް ޓަޕްކިން ވިދާޅުވެފައިވެ އެވެ.
ރަޝިއާއިން މިހެން ބުނެފައި މިވަނީ އިރުމަތީ އަދި މެދު ޔޫރަޕުގެ ގައުމުތަކުން އެގައުމުތަކުގެ ސަލާމަތްތެރިކަން ޔަގީން ކުރުމަށް ސިފައިން ފޮނުވަން ނޭޓޯގައި އެދިފައި ވަނިކޮށެވެ.
އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމައަކީ ރަޝިއާއާ ބޮޑު ސަރަހައްދެއްގެ ބޯޑަރު ހިއްސާކުރާ ޔޫކްރެއިން ނޭޓޯއާއި ހުޅަނގަށް ވާގިވެރިވުމުން ރަޝިއާއިން އެޅި ފިޔަވަޅެކެވެ.
އެ ހަނގުރާމަ ފެށުމާއެކު ޔޫކްރެއިންގެ އަވަށްޓެރި ގައުމުތަކުން ވަނީ އެގައުމުތަކުގެ ދިފާއީ ކަންކަން އިތުރަށް ވަރުގަދަ ކޮށް ޔޫކްރެއިން ބޯޑަރު ކައިރީގައި ސިފައިން ޖަމާކޮށްފަ އެވެ.
އެގޮތުން އެމެރިކާއިން ވެސް ވަނީ އެގައުމުގެ ސިފައިން ނޭޓޯގެ މެމްބަރު ގައުމުތަކަށްޔ ފޮނުވުމުގެ މަސައްކަތް ފަށާފަ އެވެ. -- އަލް އަރަބިއްޔާ
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!