ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ ބައްޕަ، އަލީ އިސްމާއިލް (ދޮންކަލޯ) ނިޔާވެއްޖެ އެވެ.
މެމްބަރު އާމިރު ވިދާޅުވިގޮތުގައި އޭނާގެ ބައްޕަ 84 އަހަރުގައި ނިޔާވީ މާއެނބޫދޫގައި ހުއްޓާ ކުއްލިއަކަށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އާމިރު ވިދާޅުވިގޮތުގައި ބައްޕަ ނިޔާވީ އޮކްސިޖަން ދަށްވެގެންނެވެ.
އަލީ އިސްމާއިލްއަށް ފަރުވާކުރުމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާމިރު ވިދާޅުވި އެވެ.
އަލީ އިސްމާއިލްގެ ކަށުނަމާދުގެ ކަންކަން މިރޭގެ ވަގުތެއްގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަޖީބު ގެއަށް ބަދަލުކުރުމަށް ހުރަސްނާޅަން ރަސްގެފާނު އަންގަވައިފި
ޝާހިދަށް ތުހުމަތުވާ މައްސަލަ: ކުއްޖާ ހާމަނުކުރަން އެދެފި
ޓީވީ ބަލަމުން ކެއުމަކީ ގެއްލުން ހުރިކަމެއް!
