ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑަކީ ދިޕިކާ އާއި ރަންވީރު ސިންގް އެވެ.

އެ މީހުންގެ ކެމިސްޓްރީ ސްކްރީނުން ވެސް އަދި ސްކްރީނުން ބޭރުގައި ވެސް އެހާ މަގުބޫލެވެ. ރަންވީރު އާއި ދިޕިކާ އެކަކު އަނެކަކަށް ވާ ލޯބި ހާމަކުރުމުގައި ދުވަހަކު ވެސް ފަސްނުޖެހެ އެވެ. ސޯޝަލް މީޑިއާގައި އެކިކަހަލަ ޕޯސްޓްތައް ކޮށްގެން ބެލުންތެރިން ހެވާލަ އެވެ.

ދާދި ފަހުން ރަންވީރު ޕިންކްވިލާ ސްޓައިލް އައިކަންސް އެވޯޑްސްގައި އިތުރު އެވޯޑެއް ހޯދައި އޭނާގެ އުފާވެރިކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ. އެކަމަކު ސަޕޯޓަރުންގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ އެޕޯސްޓަށް ދިޕިކާ ކޮށްފައިވާ ކޮމެންޓަށެވެ.

ރަންވީރު ސިންގް ވަނީ ޕިންކްވިލާ ސްޓައިލް އައިކަންސް އެވޯޑްސްގައި ޚުދު ކަބީރު ޚާންގެ ފަރާތުން އެވޯޑެއް ލިބޭ ދެތިން ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މި ފޮޓޯތައް ހިއްސާކުރަމުން ބަޖިރާއޯ މަސްތާނީގެ އެކްޓަރު ރަންވީރު ލިޔެފައިވަނީ "ޝުކުރިއްޔާ @pinkvilla # @kabirkhankk #83 #kapildev " އެވެ.

މިޕޯސްޓަށް ދިޕިކާ ކޮށްފައިވާ ކޮމެންޓްގައި ބުނެފައިވަނީ "އަހަރެމެންގެ އަލަމާރިތަކުގައި ފުލް ކުކީ! އެކަމަކު ހޫ ކެއާސް...ކީޕް އެމް ކަމިންގް!.”

https://www.instagram.com/p/Ce8MjtBhkrh/

މިހާރު ދިޕިކާ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ޕްރަބާސް އާއެކު "ޕެން އިންޑިއާ" ފިލްމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން "އޯމް ޝާންޓީ އޯމް" އާއި "ޗެންނާއީ އެކްސްޕްރެސް" އަދި "ހެޕީ ނިއު އިޔާ" އަށް ފަހު ސާހުރުކް ޚާނާއެކު ދިޕިކާ ކުޅޭ ހަތަރު ވަނަ ފިލްމުގެ މަސައްކަތެވެ .

ރަންވީރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓް އާއެކު "ރޮކީ އައު ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.