ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ވިނަރެސްގެ ދެ ޓަވަރަކާ އެޗްޑީސީން ހަވާލުވުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި 2009 ވަނަ އަހަރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ވިނަރެސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ކަމަށެވެ.
"އަޅުގަނޑަށް ހައްގު ހަމަ ދައުވާ ކުރަން މިއީ ވެސް ހަމަ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސަލް މިހެން ވިދާޅުވެފައިވާއިރު، 2009 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ވުޖޫދުގައި ވެސް ނެތެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެތަން ތަރައްގީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.
މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަނީ އެކަމަށް ހާއްސަކޮށް އުފެެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ. ނަމަވެސް އެ ކުންފުނިން އަޅަން ނިންމި އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފްލެޓްތައް ޗައިނާގެ ފަރާތުން އެޗްޑީސީއާ ހަވާލުކުރެއްވީ ސީއެމްއީސީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ވިނަރެސް ފްލެޓުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
އަސްލަމު ކަލޭ ތިޔަހުއްނެވީ އެއްޗެއް ހިއްޕަވައިގެންތޯ؟ނޫނީ ވެރިކަމާއި ހެދީ ވިސްނާ ވިސްނާ ބޯގޮވީތޯ؟އާ ވާނީތިޔަހެން ރަސޫލާއަށް ފުރައްސާރަ ކުރާމީހުނަށް ތާއިދު ކުރާބަޔަކަށް ނޭގޭނެ ކިޔޭ ނުކިޔޭ އެއްޗެށް 2009 އެއްގަ ވިނަރެސް ފުލެޓު ޕުރެޖެކުޓުތަކުގައި ސޮއިކުރީ ހުވަނުންތޯ؟ފުރަތަމަ މނަސީދުއަކީ މިގައުމުގެ ތަނެށް ހިއްކިމީހެށްވެސް ނޫން ތިރަފުލެޓުތަކަށް ކަލޭމެން ފާޑަކަށް ނަމެށްކިޔާއިގެން އުޅުނަސް މިގައުމުގެ ރައިޔަތުންނަށް އެގޭ ތިޔަޓަވަރުތަކަކީ ޔާމީނު ވުޖޫދުކޮށް ހިޔާ 3ގެނަމުގައި ތަރަށްގީކުރަން ފެށިތަންތަން.