ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާތީ ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އޮފީސް، ސްކޫލްތަކާއި ކޮލެޖްތަކާއި ފިހާރަތަކާއި އެއާޕޯޓްތަކާއި ފެރީ ޓާމިނަލްތަކުގެ އިތުރުން ދަތުރުފަތުރުކުރާ އުޅަނދުތަކުގައި ވެސް މާސްކް އަޅަން އިލްތިމާސްކުރާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ވަރަށް ގިނަ މީހުން އެތެރޭގެ އަދި ރާއްޖޭން ބޭރުގެ ދަތުރުތަކާއި އެއްވުންތަކާއި ހަފުލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށް ވާތީ، ކޮވިޑްއާއި އަރިދަފުސް ރޯގާއާއި އެ ނޫން ވެސް ފެތުރޭ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން ޖެހޭ ދުވަސްވަރެއް ކަމަށެވެ.

ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަކަށް އެ ބައްޔަށް ޓެސްޓްކޮށް، އަމިއްލައަށް އެކަހެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ދަތުރުކުރާ ގައުމު ނުވަތަ ރަށުގެ ހާލަތު ދެނެގަނެ ހާލަތު ގޯސްނަމަ ދަތުރު ލަސްކޮށްލުންދަތުރު ކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދަތުރުކުރާ ގައުމެއްގެ ކޮވިޑް-19 ޓެސްޓް އަދި ވެކްސިން އުސޫލުތައް ބަލައި ތައްޔާރުވުންދަތުރު ކުރުމުގެ ކުރިން ވެކްސިން ކާޑު އަލުން ހަދަން ޖެހޭނަމަ ކުރިއާލާ އެ ކަމަކަށް އެދުންބަލީގެ އަލާމާތެއް ހުރިނަމަ ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭން ބޭރަށް ދަތުރު ކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން އެދެވިގެންވާ ކަމަށެވެ. އަދި އެއްވުންތައް ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކޮށްލުމަށް އިލްތިމާސްކުރި އެވެ.