ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާނެ އެވެ. މީގެ ޕްރޮމޯ ވެސް ކަލާޒުން މިހާރު ދައްކަމުން އަންނައިރު މިފަހަރުގެ ސީޒަންގައިވެސް ގިނަ ސެލިބްރިޓީންތަކެއް ބައިވެރިވާނެ އެވެ. އެގޮތުން ރުބީނާ ދިލައިކް، ޝިވާންގީ ޖޯޝީ، ނިޝާންތު ބަޓް، ސުރިތީ ޖާ، މުނައްވަރު ފާރޫގީ، ކަނިކާ މަން، ޕްރަތީކް ސެހެޖްޕާލް، މޯހިތު މަލިކް، ތުޝާރު ކާލިއާ، ޗެތުނާ ޕާންޑޭ، ރަޖީވް އަދާތިއާ، އަނޭރީ ވަޖާނީ، ޖަންނަތު ޒުބައިރު އަދި ފައިސަކް ޝައިހް އެވެ.

މިދިޔަ މަހުން ފެށިގެން ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ޝޫޓީންތައް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިސީޒަނުގައި ބައިވެރިންގެ ފަރާތުން ނުރައްކާތެރި އަދި ބިރުވެރި ސްޓަންޓްތަކެއް ފެނިގެންދާނެ އެވެ.

"ހަތުރޯން ކޭ ކިލާޅީ" ފެނިގެންދާ ސްޓަންޓްތަކާ ބެހޭ ގޮތުން ރޯހިތް ޝެޓީ ބުނެފައިވަނީ ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކަށް ހީވަނީ މިޝޯގައި ފެނިގެންދާ ސްޓަންޓްތަކަކީ ކޮމްޕިއުޓަރުން އުފައްދާފައިވާ ސްޓަންޓްތަކެއް ކަމަށެވެ. އަދި ބައިވެރިން އެކްޓު ކުރަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކޭ ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CfIzCQSjiqS/

އެހެން ނަމަވެސް މިޝޯގައި ފެނިގެންދާ ހުރިހާ ސްޓަންޓްތަކަކީ މިޝޯގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކު އަމިއްލައަށް ފުރިހަމަ ކުރާ ސްޓަންޓްތަކެއް ކަމަށް އެކްޝަން ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ރޯހިތު ޝެޓީ ބުންޏެވެ.

" ކޮންމެ ސްޓަންޓެއް ވެސް ޕާފޯމް ކުރަނީ މި މުބާރާތުގެ ބައިވެރިން އަމިއްލައަށް" ރޯހިތު ބުންޏެވެ.

https://www.instagram.com/p/Ce7y7vqDTJ0/?utm_source=ig_embed&ig_rid=990cf863-9ce0-470b-9a39-8d24d223a473

މި ސީޒަނަކީ ‘ބްލޮކްބަސްޓާ’ ސީޒަނެއް ކަމަށް ބުނެ ސިންގަމްގެ ޑައިރެކްޓަރު ވެސް ވަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އެންމެ ކުޑަމިނުން އެބޯޓް ކުރާނެ ބާރެއް ކަނޑައަޅާފައިވާކަން ހާމަކޮށްފަ އެވެ.