ސަޔަކީ ޒަމާނުއްސުރެ ދިވެހިން ވެސް އާއްމުކޮށް ބޮއެ އުޅޭ ބާވަތެކެވެ. މި ފަހަކަށް އައިސް ސައިގެ ރަހައިގެ އެކި ވައްތަރުތައް ތައާރަފްވެފައިވާއިރު، ބައެއް ރަހަތަކަކީ އޭގެ ސަބަބުން ސިއްހަތަށް ފައިދާކުރާ ވައްތަރުތަކެވެ.
ގްރީން ޓީ
ގްރީން ޓީއަކީ އާދައިގެ މަތިން ބޭނުންކުރާ ކަޅު ސައިގެ ބަދަލުގައި ބޭނުންކުރަން ރަނގަޅު ރަހައެކެވެ. ގްރީން ޓީގައި ހުންނަ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭން އެހޭވެ އެވެ. މީގެ އިތުރުން އެއީ ހަކުރު ބައްޔާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކުން ލިބޭ ގެއްލުން ކުޑަކޮށްދޭ ބާވަތެކެވެ.
ޖިންޖާ ޓީ
އިނގުރަކީ ޒަމާނުއްސުރެ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެމުން އަންނަ އެއްޗެކެވެ. އިނގުރު ސައަކީ ހޮޑުލުމާއި ބޯއެނބުރުން ހުއްޓުވުމަށް އަސަރު ހުރި ބޭހެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަށާއި ކަރުން މަތީގެ ބަލިތަކަށް އިނގުރު ސައަކީ ހުރި ފަރުވާއެއް ކަމުގައި ގިނަ ދިރާސާތަކަކުން ދައްކަ އެވެ.
ޕެޕާ މިންޓް ޓީ
ޕެޕާ މިންޓް ޓީއަކީ ހަޖަމުކުރުމުގެ ނިޒާމަށް އޭގެ ސަބަބުން ފައިދާ ކުރާ ސައެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. މި ސައިގައި ހިމެނޭ މެންތޯލް ކިޔާ މާއްދާއެއްގެ ސަބަބުން ބަނޑު ހިއްކުމާއި ބަނޑު ދިޔާވުން ފަދަ ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދެ އެވެ.