މިއަދު ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި ހުރިހާގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ތައްޔާރު ކޮށްލަން ފަސޭހަ ކުކުޅުގެ ބާވަތެކެވެ. މިއީ ތިޔަ ބޭފުޅުންގެ އީދު ސުފުރާ ފުރިހަމަ ކޮށްދޭނެ ބާވަތެއް ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 ކުކުޅު ( ކޮށާފައި )

  • 4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ

  • 2 ބޮޑުފިޔާ ( ކޮށާފައި )

  • 1 މޭޒުމަތީ ސަމުސާ ލޮނުމެދު އިނގުރު ( ޗަސްކޮށްފައި )

  • 1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި )

  • ބައި ސައިސަމުސާ ރީނދޫ

  • 1 ސައިސަމުސާ ދިރި ( މުގުރާފައި )

  • 1 ސައިސަމުސާ އަސޭމިރުސް ( މުގުރާފައި )

  • 3 މޭޒުމަތީސަމުސާ ހަނާކުރި ހަވާދު

  • 1 މޭޒުމަތީސަމުސާ ހިކި މިރުސް

  • 1 ސައިސަމުސާ މަސްޓަޑް ކްރީމް

  • 2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް

  • 1 މޭޒުމަތީސަމުސާ ޗިލީ ސޯސް

  • 1 ލުނބޯ

  • ހިކަނދިފަތް،

  • ރާނބާފަތް

ތައްޔާރު ކުރާނެ ގޮތް

  1. ކުކުޅު ހެޔޮވަރު ވަރު ވަރަކަށް ކޮށާލުމަށްފަހު، ހަވާދު، މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ލޮނު އަދި ޕޭސްޓް ރަނގަޅަށް އެއްކޮށްފައި ކުކުޅު މަސްތަކުގައި ހާކައިފައި 30 މިނިޓް ވަންދެން މަތި ޖަހާފައި ބަހައްޓާށެވެ.
  2. ދެން ތެޔޮ ފޮދު ހޫނު ކޮށްލުމަށްފަހު، ފިޔާ، ހިކަނދިފަތް، ރާނބާފަތް އެއްކޮށްލުމަށް ފަހު ފިޔާކޮޅު މޯޅިވުމުން، ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮލާށެވެ.
  3. އެއަށް ފަހު ހަވާދު ލައިފައި ހުރި ކުކުޅު ތަކުގެ މައްޗަށް ހަނާކުރި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  4. ޓްރޭ އެއްގައި ކުޑަ ތެޔޮ ފޮދެއް ލުމަށްފަހު 250 ޑިގްރީގައި ރޯ ފިލަން ދެން އަވަނުން ފިހެލާށެވެ.