ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޯލްގެ އަންހެން ދަރިފުޅު ނިސާ ދޭވްގަން ކުއްލިއަކަށް ދޮން ވެއްޖެ ކަމަށް ބުނެ ފާޑި ކިއުންތައް އަމާޒު ވެއްޖެ އެވެ.

ދާދި ފަހުން އަޖޭ ދޭވްގަންގެ އަންހެން ދަރިފުޅު ނީސާ ސްޕެއިންގައި ރައްޓެހިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމްގައި ވައިރަލްވެފަ އެވެ. މިފޮޓޯތަކުގައި ނީސާ ކިތަންމެ އުފާވެފައި ހުރިނަމަވެސް އޭނާގެ ހަމުގެ ކުލައަށް ބޮޑު ބަދަލެއް ކުލިއަކަށް އައިސްފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ސުވާލުތަކެއް އުފައްދަމުންނެވެ.

އެއާއި އެކުގައި ނީސާ ކުއްލިއަކަށް ދޮން ވެއްޖެ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ. އަދި ބައެއް މީހުން ވަނީ ނީސާ ޕްލާސްޓިކް ސާޖަރީ ހަދައިގެން ދޮންވީ ކަމަށް ވެސް ތުހުމަތުތައް ކޮށްފަ އެވެ.

https://www.instagram.com/p/CfwR_ztq6ID/?hl=en

ނީސާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތެރި ފަރާތްތަކަށްވާއިރު އޭނާ ކުރާ ގިނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ އެވެ.

މިއަހަރުގެ މާޗް މަހު ބޭއްވި ލަކްމޭ ފެޝަން ވީކްގައި ނީސާ މޮޑެލް ގޮތުގައި ފެނިގެން ގޮސްފައިވާއިރު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ.

ނީސާގެ އިތުރުން އަޖޭ އާއި ކާޖޮލްގެ ދެން ހުންނަނީ ޔުގް ދޭވްގަން، 11، އެވެ.