ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުން ތެރޭގަި ރަންވީރު ސިންގް ހިމެނޭނެ އެވެ. ބޮލީވުޑްގައި ވަރަށް ގިނަ ކާމިޔާބު ފިލްމުތަކެއް ރަންވީރު ކުޅެފައިވާއިރު ވަރަށް ފަހަކުން ދިން އިއްޓަވިއުއްގައި އޭނާ އެންމެ މަސައްކަތް ކުރަން ބޭނުންވާ ޚާންއަކާ ބެހޭ ގޮތުން ސުވާލު ވަނީ ކޮށްފަ އެވެ. އަދި ރަންވީރު ދިން ޖަވާބު ގިނަ ބަޔަކަށް ވަނީ ހައިރާކަން ލިބިގެން ގޮސްފަ އެވެ.

އެސުވާލާ ގުޅިގެން ރަންވީރު ބުނެފައިވަނީ އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރަން ބޭނުންވަނީ ތައިމޫރު ސައިފް އަލީ ޚާނާއެކު ކަމަށެވެ.

ތައިމޫރު އަލީ ޚާން އަކީ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދޮށީ ދަރިފުޅެވެ.

https://www.instagram.com/p/CfWdHd-hsQ5/?hl=en

މީގެ އިތުރުން ރަންވީރު ބުނީ އޭނާ ތައިމޫރުގެ ބައްޕަގެ ރޯލު ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ތައިމޫރު ކާމިޔާބު ތަރިޔަކަށްވާނެ ކަމަށްވެސް ރަންވީރު ބުންޏެވެ.

ތައިމޫރާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރަންވީރު ބުނެފައިވާއިރު ތައިމޫރުގެ ދައްތަ ސާރާ ސައިފް އަލީ ޚާނާއެކު "ސިމްބާ"ގައި ރަންވީރު ވަނީ ފެނިގެން ގޮސްފަ އެވެ.

https://www.instagram.com/p/CfQLjGPv2C9/?hl=en

37 އަހަރުގެ ރަންވީރު ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު ބެލުންތެރިންނާ ހަމައަށް އެދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ ރޯހިތު ޝެއްޓީގެ "ސާކަސް" އެވެ. ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރުގެ "ރޯކީ އައު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

ރަންވީރު ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ އެންމެ ނަގާކިޔާ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމެއް (ރާމް ލީލާ، ބަޖިރާއޯ މަސްތާނީ އަދި ޕަދުމާވަތު) ކުޅެފައިވެ އެވެ. އަދ އަދިތިޔާ ޗޯޕްޅާ އެކު "ބޭފިކްރޭ" ގެ މަސައްކަތްކުރި އިރު، ޒޯޔާ އަހްތަރާ އެކު "ދިލް ދަޅަކް ނޭ ދޯ" އާއި "ގަލީ ބޯއި" ގެ މަސައްކަތްކުރި އެވެ. މީގެ އިތުރުން ރޯހިތު ޝެޓީގެ "ސިމްބާ" ކުޅެފަ އެވެ.