ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އަގު ބޮޑު އެޕާޓުމަންޓެއް ގަނެފި އެވެ.

ރަންވީރު އެޕާޓުމަންޓް ގަނެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހުރުކް ހާނާއި ސަލްމާން ހާންގެ އެޕާޓްމަންޓް ހުންނަ އިމާރާތާ ކައިރިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންވީރު މުމްބާއީ އިން ގަތް އެޕާޓްމަންޓުގެ އަގު 119 ކްރޯޑު ރުޕީސް (230 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ރަންވީރު ގަތްފައިވަނީ އެއިމާރާތުގެ 16 ވަނަ ފަންގިފިލާއިން ފެށިގެން 19 ވަނަ ފަންގިފިލާގެ އެޕާޓުމަންޓްތައް އެއްކޮށެވެ. އަދި މިތަނުގެ ބޮޑުމިނަކީ 11،266 އަކަފޫޓު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CfidQduq083/?hl=en

މިއެޕާޓުމަންޓްގައި ރަންވީރުގެ 19 ކާރު ޕާކު ކުރާނެ ޖާގަ ވެސް ލިބޭނެ އެވެ.

މި އެޕާޓްމަންޓް ގަތް މުއާމަލާތަށް ދެ ޕޭމެންޓަކުން ފައިސާ ދައްކާ ނިމިފައިވާއިރު، އަދިވެސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ 12 އަހަރު ކުރިން 2010 ގައި ބޮލީވުޑަށް ނުކުތް ރަންވީރަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު، އެންމެ ބޮޑު އާމްދަނީ ލިބޭ އެއް ފަންނާނެވެ.

ރަންވީރަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާފެ ފިރިމީހާ އެވެ. ރަންވީރާއި ދީޕިކާ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ.