ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެން ކުއްޖާ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ގޮސްފައިވަނީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މާލޭގައި ދިރިއުޅެމުން އަންނަ މާއީގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، އެ ތަނަށް ހާޒިރުވެފަ އެވެ.
މާއީގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގެ 14 ބިމެއް ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން އަތުލައިފި
ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނަކީ މުއިއްޒު: ފައްޔާޒު
މާލެއިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ