ލޯބީގެ ގޮތުން ނުވަތަ ރައްޓެހިގެން އުޅެން އެންމެ ބޭނުންވަނީ ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާއާ ކަމަށް ބޮލީވުޑްގެ ކުރިއަރަމުން އަންނަ އެކްޓަރެސް ސާރާ އަލީ ޚާން ބުނެފި އެވެ.

ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ މިހެން ބުނެފައިވަނީ މިހާރު ދައްކަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 7" ގައި ބައިވެރިވެ، އެޝޯގައި ކަރަން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ސާރާ އެންމެ ހިތްކިޔާ މީހަކީ ވިޖޭ ކަމަށް ވެސް ސާރާ ބުނެ އެވެ. އަދި ފަހުން ޖާންވީ ކައިރީގައި އޭނާ ވެސް ވިޖޭ ދެކެ ލައިކްވޭތޯ ސުވާލުކުރެ އެވެ.

މި ވީޑިއޯ އާންމުކުރުމާއެކު ވިޖޭގެ ނަން ސާރާ ބުނާ ތަންކޮޅު އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށް ވިޖޭ ބުނެފައި ވަނީ އޭނަގެ ނަން ސާރާ ބުނާ ގޮތް ވަރަށް ކަމުދާ ކަމަށެވެ.

https://www.instagram.com/p/CWJJSjvBJqc/

"އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ތެލެގޫ ފިލްމުތައް ކުޅެފައިވޭ ވިޖޭ އަކީ އަންނަ މަހުގެ 25 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ރިލީޒްކުރަން ތައްޔާރުވާ "ލައިގާ" އިން ބޮލީވުޑަށް ތައާރަފުކުރާ އެކްޓަރެވެ. އެ ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ.

ވިޖޭއާ ޑޭޓްކުރުމުގެ ޝައުގުވެރިކަން ސާރާ ފާޅުކުރި އިރު، މީގެ ކުރިން އެ ދެ މީހުން އެކި ފަހަރު މަތިން ދިމާވެ، ގާތް އެކުވެރި ކަމެއް ވެސް އުފެދިފައިވެ އެވެ.

https://www.instagram.com/p/CfWTOBnI7TG/?hl=en

"ކޮފީ ވިތު ކަރަން 7" ގައި ސާރާ އޭނަގެ ލޯބީގެ ބައެއް ވާހަކަތައް ހިއްސާކުރާނެ އެވެ. ކުރިން އަޑު އަރާފައިވާ ގޮތުން އެކީގައި "ލަވް އާޖް ކަލް" ކުޅުނު ސާރާ އާއި ކާތިކް އާރިޔަން ވެސް ރައްޓެހިވި އެވެ. އަދި އޭގެ ސާރާގެ އަލަތުގެ ފިލްމުގެ ބަތަލު އަދި 2020 ގައި ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތާ ވެސް ސާރަ ރައްޓެހިވި އެވެ.