ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕުތް އަށް މަސްތުވާތަކެތި ގަނެދިން ކަމުގެ ތުހުމަތުގައި މަޝްހޫރު ތަރި ރީއާ ޗަކްރޮބޯތީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ޖޫރިމަނާ ކޮށްފި އެވެ.
ބޮލީވުޑްގެ ތަރި ސުޝާންތުގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ދެކެވޭ ވާހަކަތައް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ދައުރުވެފައިވެ އެވެ.
ސުޝާންތު މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާގެ ކޮޓަރީގައި އޮއްވަ އެވެ.
ސުޝާންތު ކުއްލި ގޮތަކަށް މަރުވުމުގެ ފަހަތުގައި ރީއާގެ އަތެއް ވާކަމަށް ރީއާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.
އެ މައްސަލަ އަދިވެސް ކަމާ ބެހޭ އިދާރާތަކުން ބަލަމުން ގެންދާއިރު، ދާދި ފަހުން އިންޑިއާގެ އެންސީބީން ވަނީ ސުޝާންތަށް މަސްތުވާތަކެތި ގަނެދިން ކަމުގެ ތުހުމަތުގައި ރީއާ ޖޫރިމަނާ ކޮށްފަ އެވެ. އަދި އެމައްސަލައިގައި ރީއާއަށް 10 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް އެންސީބީން ބުނެ އެވެ.
މި މައްސަލައިގައި އާންމުން ވެސް ތިބެނީ ދެން އިތުރަށް ވާނެ ގޮތެއް އެނގުމަށް ކެތްމަދުވެފަ އެވެ.