ގދ. ވާދޫގައި ބަހައްޓާފައި ހުރި އޭޓީއެމަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވާދޫގައި ހުންނަ އޭޓީއެމަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.
އޭޓީއެމަށް ލިބުނު ގެއްލުންތަކާ ގުޅިގެން ވާދޫގެ ރައްޔިތުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުން ފަދަ ޚިދުމަތްތައް ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި
25 އަހަރަށްފަހު ރީކޯ އެނބުރި އަންނަ "ކީއްވެ" މިރޭ ޕްރިމިއާ ކުރަނީ
