ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެންނަ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ" ގެ ފުރަތަމަ ލަވަޔަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ދެ ތަރިން އެޕްރީލް 14 ގައި ކައިވެނިކުރުމާ ދިމާކޮށް ވެސް މިއަދު އާންމުކުރި ލަވަ "ކޭސަރިޔާ" ގެ ތަންކޮޅެއް ދައްކައިލި އެވެ. އިއްޔެ މިއޮތީ މުޅި ލަވަ ބަލާލަން ބޭނުން ވަރަކަށް ބަލަން އާންމުކޮށްފަ އެވެ.

މިލަވަ ރިލީޒްކުރިތާ މާގިނަ އިރުތަކެއް ނުވަނީސް 2.6 މިލއަން ވިއުސް ވަނީ ލިބިގެން ގޮސްފައިވާއިރު ގިނަ ބައެއްގެ ތައުރީފު މިލަވައަށް ވަނީ ލިބިފަ އެވެ. އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް އާލިއާ އާއި ރަންބީރުގެ ކެމިސްޓްރީ ކަމުގޮސްފަ އެވެ.

"ބްރަހްމަސްތުރާ" ފިލްމުގެ މަސައްކަތުގައި ކުޅުމުގެ ތެރެއިން ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން ގުޅިފައިވާއިރު މިދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ އޭޕްރީލު މަހު އެވެ.

އަމީތާބު ބަޓަޗަރްޔާ ލިރިކްސް ލިޔެފައިވާ އެ ލަވައިގެ މިއުޒިކް ކޮމްޕޯސްކުރީ ޕްރިތަމް އެވެ. ލަވަ ކިޔާފައި ވަނީ ބޮލީވުޑްގައި މަގްބޫލު އަދި އެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާ އަރްޖިތު ސިންގް އެވެ.

https://www.youtube.com/watch?v=BddP6PYo2gs

އަޔާން މުކަރުޖީ ޑައިރެކްޓްކުރާ އެ ފިލްމަކީ ފަސް އަހަރުގެ މަސައްކަތެކެވެ. ފިލްމު އަންނަ ސެޕްޓެމްބަރު 9 ގައި ރިލީޒްކުރާއިރު އެ ފިލްމަކީ ބޮޑު ބަޖެޓަކާ އެކު ކުރި ބޮޑު މަސައްކަތެކެވެ.

މިފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އާލިއާ އިނީ ބަލިވެ އެވެ.