އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީގައި މަޝްހޫރު ތަރި ސަލްމާން ޚާންއާ މައްސަލައެއް ޖެހިފައި ނެތް ތަރިއެއް މަދުވާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

އޭގެ ތެރޭގައި އެއްބައެއްގެ ފިލްމީ ކެރިއަރު، އިންޑަސްޓްރީގައި ސަލްމާނުގެ އޮތް ބާރުން ނައްތާލާފައިވާއިރު، އަނެއް މީހުންނަކީ، މައްސަލަ ޖެހުނު ނަމަވެސް އަލުން ބަލުން ރަހުމަތްތެރިންގެ ގޮތުގައި ދެމިތިބި މީހުންނެވެ.

މި ދެ ލިސްޓުގެ މީހުންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރޭގައި ބޮލީވުޑް ތަރި ޖޯން އަބްރަހަމްވެސް ހިމެނެ އެވެ. އެންމެ ފުރަތަމަ ޖޯން އާއި ސަލްމާނު އެކީގައި ފެނިގެން ގޮސްފައިވަނީ، ފިލްމު "ބާބުލް" ގައި 2006 ވަނަ އަހަރުގަ އެވެ. އަދި އެ ދެފަންނާނުންގެ މެދުގައި ކުދި ކުދި ކަންކަމާއި މައްސަލަ ޖެހި އަރައިރުންވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުގައި، ފިލްމުގެ އިސް ރޯލެއް އަދާކުރާ ތަރި އަމީތާބް ބައްޗަން ނެތް ނަމަ، ފިލްމު ފުރިހަމަ ކުރުމީ، ނުވާނެ ކަމެއް ކަމަށް ހީވިކަމަށް އެފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަނުން ބުނިގޮތުގައި، އެދެތަރިންގެ މިޒާޖަކީވެސް ވަރަށް ތަފާތު ދެ މިޒާޖެކެވެ. އަދި ގިނަ ކަންކަމުގައި ދެތަރިންގެވެސް ހިޔާލު ތަފާތުވާ ކަމަށާއި، އެއްވެސް ކަމެއްގައި ޖޯން އާއި ސަލްމާނު އެއްގަލަކަށް އަރުވަން އުނދަގޫކަމަށް ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

އޭގެ ފަހުން ސަލްމާނާއި، ޖޯން އަލުން ރަހުމަތްތެރިކަން ދަމަހައްޓަން ބޭނުންވި ނަމަވެސް އެކަންވެސް ނާކާމިޔާބުވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޖޯން އާއި ސަލްމާނަކީ ބޮލީވުޑް އިންޑަސްޓްރީގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ދެފަންނާނުންނެވެ. ހަމައެހެންމެ ބޮލީވުޑްގައި ހިމެނޭ އެންމެ ރީތި ފިރިހެން ތަރިންގެ ލިސްޓުގައި ވެސް އެދެތަރިން ހިމެނެ އެވެ.