މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މަޝްހޫރު ތަރިން ކަމުގައިވާ ކެޓްރީނާ ކެއިފް އާއި ވިކީގެ އިތުރުން ރަންބީރު ކަޕޫރާއި، އާލިއާ ބާޓް ކައިވެނި ކުރި ވާހަކަތަކެވެ.

މި ތަރިންނަށް ބާއްޖަވެރި ކައިވެންޏަކަށް އިންޑަސްޓްރީގެ އެހެނިހެން ތަރިން އެދިފައިވާއިރު، އުފާވެރި ޒަވާޖީ ހަޔާތެއް ހޯދުމަށް އުޅެންޖެހޭ ގޮތް ގޮތާއި މެދުގައި އެތަރިންނަށް އެހެނިހެން ތަރިން ނަސޭހަތް ދީފައިވެ އެވެ.

އޭގެ ތެރޭގައި މަޝްހޫރު ތަރި އަކްޝޭ ކުމާރުވެސް ހިމެނެ އެވެ. އެގޮތުން އެކަމާއި ގުޅިގެން ކޮފީ ވިތް ކަރަން ޝޯގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ، އޭނާ ވަނީ އަލަށް މީގެ ދުވަސްތަކެއް ކުރިން އިންޑަސްޓްރީގައި ކައިވެނި ކުރި ޖޯޑުތަކަށް ތައުރީފުކޮށްފަ އެވެ.

ޝޯގައި އަކްޝޭއަށް ގިނަ އަހަރުތަކެއް އޭނާގެ އަންހެނުން ޓްވިންކަލް ޚާންނާއާ އެކީގައި އުޅެވިފައިވާކަން ކަރަން ފާހަގަ ކޮށްފައިވާއިރު، އޭނާ ވަނީ ބާއްޖަވެރި ޒަވާޖީ ހަޔާތަކަށް އެތަރިންނަށް ދޭނެ ނަސޭހަތަކާއި ގުޅިގެން އަކްޝޭއަށް ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އަކްޝޭ ކެޓްރީނާއަށް ނަސޭހަތްތެރިވީ ވިކީގެ ކަންފަތުގައި ބާރަށް ދަތް ނޭޅުމަށެވެ. އަދި ގޭގައި ކުޑަވަރެއްގެ ޖިމެއް ހެދުމަށް އަކްޝޭ ވަނީ ވިކީއަށް ނަސޭހަތްތެރިވެފަ އެވެ. އަދި އާލިއާ އާއި ރަންބީރަށް ނަސޭހަތެއް ދިނުމަށް އެދުމުން އަކްޝޭ ވަނީ އުފާވެރި އަނބަކީ އުފާވެރި ހަޔާތެއް ލިބޭ ކަމެއް ކަމުގައި ފާހަގަކޮށްފަ އެވެ.