ޕްޔޮންގްޔޭންގް (24 ޖުލައި) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ބައޮލޮޖިކަލް ހަތިޔާރު ބޭނުން ކުރަމުން ދާކަމަށް އުތުރު ކޮރެއާއިން ތުހުމަތު ކޮށްފި އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އެގައުމުގެ އިދާރާތަކާ ހަވާލާދީ ބުނެފައިވަނީ އެމެރިކާއިން ޔޫކްރެއިން ހިމެނޭ ގޮތަށް ދިހަައަކަށްވުރެ ގިނަ ގައުމުތަކުގައި ބައޮލޮޖިކަލް ހަތިޔާރުތައް އުފައްދަމުން އަންނަ ކަމަށާއި އެއީ ބައިނަލްއަގްވާމީ ސިޔާސަތުތަކާ ޚިލާފަށް އެގައުމުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އުތުރު ކޮރެއާއިން އިތުރަށް ބުނީ އެމެރިކާއިން ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ވެސް އެގައުމުގައި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް މާލީ އެހީތައް ވަމުން އައި ކަމަށެވެ.
ރަޝިއާއަށް ވާގިވެރިވާ އުތުރު ކޮރެއާއިން ވަނީ ޔޫކްރެއިން މަޝްރަހުގެ ހަގީގީ ނުބައަކީ އެމެރިކާ ކަމަށް މިިދިޔަ ފެބްރުއަރީ މަހު ބުނެފަ އެވެ. އެއަށްފަހު މި މަހުގެ ތެރޭގައި އެގައުމުން ވަނީ ވަކިވެގަނެފައިވާ ޔޫކްރެއިންގެ ސަރުކާރަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަނެފަ އެވެ.
އުތުރު ކޮރެއާގެ މި ތުހުމަތުތަކާ ގުޅިގެން އެމެރިކާއާއި ޔޫކްރެއިންއިން ވެސް ވަނީ ޔޫކްރެއިންގައި އެފަދަ ލެބޯޓްރަރީތަކެއް ނުހުންނާނެ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. - އަލް އަރަބިއްޔާ