ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ޝެފާލީ ޝާހްގެ ތަފާތު އެކްޓިނެއް ފެނިގެންދާ "ޑާލިންގްސް"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އާލިއާގެ ފިލްމު ކުންފުނި ކަމަށްވާ އެޓާނަލް ސަން ޝައިން އާއި ޝާހް ރުކް ހާންގެ ރެޑް ޗިލީ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރި ފިލްމުގެ ޓްރެއިލާ މިހާރު އާންމުނަށް ދޫކޮށްލާފައިވާއިރު ގިނަ ބަޔަކު އަންނަނީ މިފިލްމުގައި އާލިއާ އާއި ޝެފާލީގެ އެކްޓިންނަށް ތައުރީފު ކުރަމުންނެވެ.

އާލިއާ އާއި ޝިފާލީ ޝާހުގެ އިތުރުން ރޯޝަން މެތިއު އަދި ވިޖޭ ވަރުމާ ލީޑް ރޯލުން ފެނިގެންދާ "ޑާލިންގްސް" އަންނަ މަހު ފަހެއްގައި ނެޓްފްލިކްސްއިން ސްޓްރީމު ކުރާނެ އެވެ.

https://www.instagram.com/p/CgYiPvlK7WX/

މި ފިލްމުގެ ޓްރެއިލާ އިން ފެންނަނީ އަނިޔާވެރި ފިރިއެއްގެ ކިބައިން ބަދަލުހިފަން އަންހެނަކު އޭނާގެ މަންމައާ ގުޅިގެން ކުރާ ކަންތައްތަކެވެ.

ޖަސްމީތު ރީން ޑައިރެކްޓް ކޮށްފައިވާ "ޑާލިންގްސް" އަކީ ޑާކް ކޮމެޑީއެކެވެ. މަންމަ އާއި ދަރިއަކު މުމްބާއީގައި ހަމަޖެހިގެން ދިރިއުޅުމަށް ކުރާ ހިތްވަރު އެ ފިލްމުގައި ދައްކާނެ އެވެ.

މުމްބާއީގައި ހިނގާ ހާދިސާތަކެއް ދައްކައިދޭ އެ ފިލްމު ބެލުމަށް ފަހު މީގެ ކުރިން ކަރަން ޖޯހަރު ވެސް ވަނީ އާލިޔާގެ އެކްޓިން އަށް ތައުރީފު ކޮށްފަ އެވެ.

https://www.instagram.com/p/CgPFWPFIRkl/

އެންމެ ފަހުން އަލީއާ ފެނިގެންދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކާތިއާވާދީ" ގައި އޭނާ ދައްކުވާދީފައިވާ އެކްޓިންނަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތްވެސް ނިންމާލާފައިވާ އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ފިރިމިހާ ރަންބީރު ކަޕޫރާއެކު ފެންނަ "ބްރަމަސްތްރާ" އިންނެވެ.

https://www.youtube.com/watch?v=Dmx5KDOpqeg