މާލޭގައި ދިރިއުޅެމުންދިޔަ 25 އަހަރުގެ ދިވެހި އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުން ދަނީ ގުލްޒާރުގެ/ ލ. މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މައްކާ ހިމެނޭހެން ސައުދީގެ ބައެއް ސިޓީއަށް އަނެއްކާވެސް އިންޒާރު
ހާއްސަ އެވޯޑަކާއެކު ވީއެމްއޭ އެވޯޑްސްގެ އާ ރެކޯޑެއް ޓޭލާއަށް؟
ޑިޕްރެޝަން: ތެރަޕީއާއެކު ދިރިއުޅުމަށް ވެސް ބަދަލު ގެންނަންޖެހޭ!