ސްކޫލުުގެ މާހައުލުގައި ޝާހީ އާއިލާގެ ކުއްޖަކަށް ވިޔަސް އެހެން އާއިލާއަށް ނިސްބަތްވާ ކުއްޖަކަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ގަވައިދުތަކަކަށް ބޯލަނބަން ޖެހެ އެވެ.
އެގޮތުން ޝާހީ އާއިލާގެ ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޝާލޮޓް ދާ ސްކޫލް ކަމަށްވާ ތޯމަސް ބެޓަސީ ސްކޫލުގައި ކިޔަވާ ކުދިން ބެސްޓް ފްރެންޑެއް ގެންގުޅުމަކީ މަނާ ކަމެކެވެ. ސަބަބަކީ އެ ސްކޫލުގެ ގަވާއިދުގައި އޮންނަ ގޮތުން އުފަންދުވަހުގެ ހަފްލާތަކާއި އެހެނިގެން ހަފްލާތަކަށް ދައުވަތުދޭ އިރު އެެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ކުދިންނަށް ވެސް ދެވޭނެ ގޮތް ހެދުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
މިއީ އެ ސްކޫލުގައި ގެންގުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިން ބައިވެރިވެގެން ކިޔެވޭނެ މާހައުލެއް ގާއިމުކޮށް، ހިތްހެޔޮ ކަން ޕްރޮމޯޓު ކުރުމަށް ކުރާ ކަމެކެވެ.
އެހެން ކަމުން އެ ސްކޫލުގެ ގަވާއިދުތަކާ އެއްގޮތަށް ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޝާލޮޓް އަށްވެސް ސްކޫލުން ބެސްޓް ފްރެންޑެއް ހޯދުމަކީ މަނާކަމެކެެވެ.
އެކްސިޑެންޓްތައް ތަހުގީގުކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަނީ
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
ނާނާގެ މަރާއެކު އޭނާއަށް އަމާޒުކޮށް ތަނުޝްރީގެ ހޫނު ބަސްތަކެއް!
