އިނގިރޭސި ރާނީ ކުއީ އެލިޒަބަތަށް ޕާސަނަލް އެސިސްޓެންޓެއް ހޯއްދެވުމަށް އިއުލާންކުރައްވައިފި އެވެ.
ރޯޔަލް ހައުސްއިން ލިންކްޑިންގައި ކޮށްފައިވާ އިއުލާނެއްގައިވާގޮތުން އެ މަގާމަށް ހޯދަނީ ފުލްޓައިމްކޮށް މަސައްކަތްކުރެވޭނެ، އެ ދާއިރާގެ މަސައްކަތްކޮށް ތަޖުރިބާހުރި ހީވާގި، ހިންގުންތެރި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ، ގިނައިން ދަތުރުކުރެވޭނެ އަދި ތަފާތު މާހައުލުތަކުގައި ޒިންމާދާރު ކަމާއެކު މަސަކަތްކުރެވޭނެ މީހެކެވެ.
މަގާމުގެ މައްސޫލިއްޔަތުގެ ތެރޭގައި ރާނީގެ ޕްރައިވެޓް ސެޓްރެޓެރީ އޮފީހުން ހަވާލުކުރާ އެކިކަހަލަ މަސައްކަތްކުރުމާއި، އެހީތެރިވުމާއި، މީޓިންތަކާއި އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމުގައި އެހީތެރިވުމުގެ އިތުރުން މީޓިން މިނެޓް ނެގުމާއި، އިވެންޓްތަށް ކަލަންޑަރުކޮށް ހިންގުމުގައި ހަރަކާތްތެރިވުމެވެ.
އެ މަގާމަށް މީހަކު އައްޔަންކުރާނީ އަންނަ އަހަރު ޖެނުއަރި މަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މަގާމުގެ މުސާރައެއްގެ ގޮތުން އަހަރަކު 3،5000 ޕައުންޑް ލިބޭނެ އެވެ. މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު ފަސް ދުވަހެވެ. އެއީ ހަފްތާއަކު 37.5 ގަޑިއިރެވެ.
ޝާހިލްއަކީ ޑްރަގް މައްސަލައެއްގައި ޕީޖީގެ އެދުމަށް ދޫކުރި މީހެއް
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
74 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައި
