އިންޑިއާގައި މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، މަޝްހޫރުކަން ހޯދި އެއް ތަރިއަކީ އެކްޓަރު އަޖޭ ދޭވްގަން އެވެ.
އަޖޭގެ މޮޅު އެކްޓިންނާއި، ހުނަރުވެރިކަން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އަދި މުޅި ދުނިގޭގައިވެސް އޭނާއަށް ސަޕޯޓު ކުރާ ފޭނުންގެ އަދަދު މަދެއް ނުވާނެ އެވެ.
ނަމަވެސް އަޖޭގެ ހަޔާތުގައި އެންމެ މުހިއްމު އެއް މައުލޫމާތެއް ގިނަ ބަޔަކަށް ނޭނގެ އެވެ. އެއީ އޭނާގެ ނަމެވެ.
ގިނަ ބަޔަކަށް އެނގޭ ގޮތުންނަމަ އޭނާގެ ނަމަކީ އަޖޭ ދޭވްގަން އެވެ. އެހެންނަމަވެސް އޭނާގެ އަސްލު ނަމަކީ ވިޝާލް ވޭރޫ ދޭވްގަން އެވެ. އަޖޭ ދޭވްގަން އަކީ އޭނާގެ ކެރިއަރުގައި ބޭނުންކުރާ ޕްރޮފެޝަނަލް ނަން ކަމަށްވެ އެވެ.
އިންޑިއާގައި ވަރަށް ފަހަކާ ޖެހެންދެން ތަރިންނަށް އެމީހުންގެ އަސްލު ނަން ނޫން އެހެން ނަންނަމުން ގޮވުމަކީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން މީގެ ކުރިން ގިނަ ބަޔަކަށް ތަރިންގެ އަސްލު ނަންވެސް ގިނަ ފަހަރަށް ނޭނގެ އެވެ.
އަޖޭ ދޭވްގަން އަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ކުޅަދާނަ އެކްޓަރަކަށް ވާއިރު، އޭނާ ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކޮށް، ބެލުންތެރިންނަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފަ އެވެ. އޭނާ ކައިވެނި ކުރީވެސް ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރި ކާޖޮލް އާއެވެ. ކާޖޮލް އާއެކު އަޖޭއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"
ވިއްސާރަ މޫސުމުގައި ލޯ ރަތްވެ ފެން އަންނަނީތަ؟
އެއީ އާދައެއް: "ޑޮން 3"އިން ރަންވީރު ވަކިވުމުން ފަރްހާންގެ ރައްދު
