އޫރު މަސް އެކުލެވޭ ގްރެވީ ވިއްކުން ހުއްޓާލުމަށް ހެލްތު މިނިސްޓްރީން ރެޑްވޭވަށް އަންގައިފިއެވެ.
ހެލްތު މިނިސްޓްރީން ރެޑްވޭވަށް އެ އެންގުން އެންގީ އާންމުންގެ ފަރާތުން އެ މިނިސްޓްރީއަށް ލިބުނު ޝަކުވާ އަކާ ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ ރެޑްވޭވްގައި ވިއްކަން ހުރި އޫރުމަސް އެކުލެވޭ ގްރެވީ ވިއްކުން ހުއްޓާލުމަށް އެ ކުންފުންޏަށް މިހާރު އަންގާފައިވާނެކަމަށެވެ.
މީގެއިތުރުން އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޫރުމަސް އެކުލެވޭ ތަކެތި ވިއްކާތީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ޕެކެޓުތައް ރެޑްވޭވުން ގަތް ބައެއް މީހުން ވެސް ވަނީ އޭގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ރެޑްވޭވަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ފިޔަވަޅު އަޅާ ޖޫރިމަނާ ކުރޭ އޫރުމަސް ކެވުނު މީހުންނަށް ބަދަލު ހޯދާދީ