މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ދަމައިފަ އެވެ.
މަޖީދީމަގުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން ވަނީ ބަހައްޓާފަ އެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން މަޖީދީމަގުގެ ބައެއް ހިސާބުތަކުގައި ޕާކް ކުރެވެ އެވެ.
މަޖީދީމަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަމަޖެއްސީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުންނެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލުން ބުނީ އެކަމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދޭނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ފޯނު ނުނަގާތީ އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު އެހެން ސަރަހައްދުތަކުން މިހާރު ވަނީ ބިން ހަމަޖައްސައިފަ އެވެ.
ޕާކިން ޒޯން ހަދަން ހަމަޖެއްސި ބިންތައް
- ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅެއް
- އެކުވެނި ޓްރެކް ކައިރިން ދެ ތަނެއް
- ދަރުބާރުގެ ކައިރި
- ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެއް
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ
ހޯމް ލޭންޑް މިނިސްޓަރު ކޮބާ؟
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ

އެންމެންގެ ހަމަހަމަ ބޭނުމަށް އޮތިއްޔާ އޮތްތަނެއް ވިއްކާލާ! ????