ގައުމީ އެއާލައިން މޯލްޑިވިއަން އިން 43 ފަރާތަކަށް ކްރެޑިޓް އަށް ޓިކެޓް ނުވިއްކަން ނިންމައިފި އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ނެރެފައިވާ މެމޯއެއްގައި ވަނީ އެ ނިންމުން ނިންމީ އެ 43 ފަރާތުން މޯލްޑިވިއަންއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ކަމަށެވެ.
މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ނުވިއްކަން ނިންމި ތަންތަނުގެ ތެރޭގައި ސަރުކާރު އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ހޮސްޕިޓަލްތަކާއި، ރިސޯޓްތައް، އަމިއްލަ ކުންފުނި ތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތައް ހިމެނެއެވެ.
މި ސަރުކާރު ފެށުނުފަހުން އައިލެންޑްއޭވިއޭޝަނަށް ފައިދާއެއް ނުވެ އެވެ. ހިންގުންތެރި ކުންފުންޏަކަށް އެ ކުންފުނި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމަޒުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައި ވަނީ ފަތުރުވެރިކަމުން އެ ކުންފުންޏަށް ފައިދާ ނުނެގެނީ އެ ކުންފުނި ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުން ކަމަށެވެ.
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
ހަކުރު ބަލީގެ ތަޖުރިބާ އަންހެނުންނާއި ފިރިހެނުންނަށް ތަފާތު!
އުރްފީގެ ނަން ވެސް އެންމެ ފަހުން ބަދަލު ކުރީތަ؟

މިލިއަނާ ހިސާބަށް ނާރަނީސް ތިޔަކަން ހުއްޓާލިނަމަ ރަގަޅުވީސް .އަހުން ހިތަށް އަރަނީ ސަރުކާރު އޮފީސްތަކުން ކީއްވެބާވައޭ ފައިސާ ނުދައްްކަނީ.ބަޖެޓްގަ ފައިސާނެތް ނަމަ ޚަރަދު ކޮށްގެން ނުވާނެކަން ބަޖެޓް ބަލަހައްޓާ މީހާއަށް އެނގެންވާނެތާ.